Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Tuesday, October 22, 2013

ހެއްހެއް! ކޮއްކޮ...................ކީއްކުރަނީ؟




އެއީ ގާތްގަނޑަކަށް ރޭގަނޑު 11ޖަހާކަށް އިރެވެ. ރަށުގެ އެކި ދިމަދިމާއިން ސިޔާސީ ޕާޓީތަކުން ލައްވާ "ތުއިތުއި" ގެ އަޑުއިވެމުންދިޔައެވެ. އަހަރެން އިނީ ހޮޓަލުގައި ކާށެވެ. ރައްޓެހިންނާ އެކުއެވެ. މުޅި މާހައުލު ވަނީ ސިނގިރޭޓް ދުމުން ތަގައްޔަރު ކޮށްލާފައެވެ. ކައިނިމުމުން ބިލަށް ފައިސާ ދެއްކުމަށްފަހު "ރައުންޑަކަށް" ދިޔައީމެވެ. ރަށް "ކުޑަކޮށްލުމަށްފަހު" ގައަށް ދިއުމަށް މިސްރާބުޖެހީމެވެ.

ރައިވަރު


ހީވެޔެ ނޫނޭ ފިލާ
ވީފަރިތައެއް އިރުކުޑާ
މީހާ ގެތޭ އެއީ ޒާ
ދީ އޮތަސް މުޅި ދުނިޔޭގާ
ދީމެ ހިތުހެން މަގޭ ލާމި
އި ބަހެއް އެވޭލާމި
ޝަރަހަ
ކުދައިރުވީ ފަރިތައެއް ނުފިލާނެއެވެ. މިއީ އެވޭލާ ބަހެކެވެ.އަދި މުޅި ދުނިޔެ  މިކަމާ އިދިކޮޅު ވިޔަސް އަހަރެންގެ ހިތުގައި އެކަން އެގޮތަށް އޮންނާނެއެވެ. މިސާލަކަށް ކުޑައިރު މީހުންނާ ދިމާއަށް އެއްޗެހިކިޔާ ހަޑިކޮށް އުޅޭމީހަކަށް ބޮޑުވުމުންވެސް އުޅެވޭނީ އެހެންނެވެ. ހަމައެހެންމެ ކުޑައިރު ސާފުތާހިރުކަން ދަސްނުކުރި މީހަކަށް ފަހަކުނަވެސަ ސާފުތާހިރުވެގެން އުޅޭކަށެއް ނޭނގޭނެއެވެ. އަދި މުޅި ދުނިޔޭގައި މިކަންކަމީ އެމީހެއްގެ ޒާތް ކަމަށް ބެލިޔަސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ކުޑައިރު ވީ ފަރިތައެވެ.މިއީ ވަރަށް ގިނަ ދިވެހިން ބުނެ އުޅޭ

މަތީ ސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާދޭނަމަ ކުރާނެ ފައިދާ


 ކިޔެވުން މިދަނީ  ދުވަހެއް ދުވަހަކަށް ކުރިއަރައިގެންނެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކު ބަސްތައް މިވަނީ ދަސްކޮށް އުގެނެން ޖެހިފައެވެ. އެހެންވުމުގެ ސަބަބުން ދިވެހިދަރިންދަނީ ދިވެހި ބަހަށް ވުރެ އެހެނިހެން ބަސްތަށް ކުރިއަރުވަމުންނެވެ. މިފަދަ ދުވަސްވަރެއްގައި މަތީ ސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާދޭނަމަ ވަރަށް ފައިދާ ކުރާނެއެވެ. އެގޮތުން ދިވެހިބަހަށް ލޯބިކުރާ ގިނަ ދަރިން ތަކެއް  އުފެދިގެން ދާނެއެވެ. މީގެއިތުރުން ދިވެހި ތާރީހުން މުއްސަނދި ވެފައިވަ ދަރިންތަކެއް ޤައުމަށް ނެރުމަށް އެހީތެރިވެދޭނެއެވެ. ހަމައެހެންމެ ނެތިގެން ދިޔުމުގެ ބިރު ހީވެފައި މިވާ ދިވެހި ބަސް ދިރުމުގެ ހުޅުކޮޅު ދިއްލިގެންދާނެއެވެ. އަދި ހަމަ އެއާއެކު ދިވެހިތާރީޚް ކިޔަވާގެން ތިބިގިނަ ޒުވާނުން ތަކަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. 

Monday, October 21, 2013

ޅެން

                                                                                           އިޝްޤު ނުވިނަމަ ....      
 އާދަމް ސަލީމް/ ހޯރަފުށި

އިޝްޤު ނުވިނަމަ ދޭހުގައި މިހިތާމައެއް ނުޖެހޭނެޔޭ                                    
             ގިސްލަގިސްލާފައި ކަރުނަ އޮހޮރާކަށެއް ނުޖެހޭނެޔޭ
ވާނުވާއެއް ނޭނގިފައި،ހައިރާންވެފައި، ހިތްދަތިވެފާ
               ދާނުގައި މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔޭ
ނިދިފިލާ ރޭގަނޑު ހަތަރުދަމުހެން ނުލިބި ހަމަ ރާހަތެއް
            ވިދި ދެކަޅި ލޯ ބޮޑުވެފައި، އޮންނާކަށެއް ނުޖެހޭނެޔޭ  
ލުހުނަކަސް ނޭވާހަށީނަ މިތުރާގެ ލޯބި ހަނދާނުގާ
            ރުހުމުގާ އުމުރުގެ ޖަލަށް ވަނަނާކަށެއް ނުޖެހޭނެޔޭ
ކަރުނަތައް ލޭ އޮހޮރަ އޮހޮރާފާ، ހިތާމާގާ މިހެން
            މަރުގެ ޖަލިޔާގައި، މިދަތުރު ކުރާކަށެއް ނުޖެހޭނެޔޭ

ފިލްމީ ދާއިރާއަށް ދިވެހި ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށް ކުރެވިދާނެކަންތައްތައް

ފިލްމީ ދާއިރާއަށް ދިވެހި ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށް ކުރެވިދާނެކަންތައްތައް
ފިލްމީދާއިރާ މިވަނީ ތަރައްގީވެ ކުރިއަރައިގެން ގޮސްފައެވެ.އެތައް ހަރުފަތްތަކެއް ގިރާކުރަމުން އެތައްހާސް މިނެއްގެ އުސްމިނަކައް އަރާފައެވެ.އަދި ފިލްމީދާއިރާއަށް އަޅުގަނޑުމެންގެ ސަޤާފަތާއާދަކާދަ ކުރިއެރުވުމައްޓަކައި ވަރައްގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުންސަޤާފަތާއާދަކާދަ ކުރިއެރުވުމައްޓަކައި ދިވެހި ސަޤާފަތް ދައްކުވާދޭ ފިލްމުތައް އުފެއްދުމާއި،އެބައިމީހުން އަމިއްލައަށް އިސްނަގައިގެން ސަޤާފަތާ އާދަކަދައާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި ސަޤާފީޝޯތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމާ އަދި ހުޅަނގުގެ ފެޝަންތަކަށް ލޯބިކުރުމުގެ ބަދަލުގައި ސަޤާފީ ރިވެތި ހެދުން ހިޔާރުކުރެވިދާނެއެވެ.

ކެތްތެރިކަމުގެ ނަމޫނާއެއް

                             ކެތްތެރިކަމުގެ ނަމޫނާއެއް
    އުމުރުން 52 އަހަރުގެ ޚަދީޖާ މުހައްމަދަކީ ހއ.އިހަވަންދޫއަށް އުފަން ކެތްތެރި، ހިތްހެޔޮ އަންހެނެކެވެ.ޢައިމިނަތު ޤާސިމް އާއި މުހައްމަދު އިބްރާހިމްގެ ހަގު އަދި ހަމައެކަނި ހުރި އަންހެން ދަރިފުޅެވެ. 1960 ނޮވެމްބަރ 4 ވި ދުވަހު މި ދުނިޔެއަށް އުފަންވި ޚަދީޖާ އުޅެމުން އަންނަނީ އިހަވަންދޫ ރޯޝަނީގޭގައެވެ. ގިނަބައެއް ދަންނަ "ފުއް އާއިލަ" ގެ މެންބަރެކެވެ. 3 ބޭބެއިންނައެކު ދިރިއުޅެމުންއަންނަ އެންމެންގެ "ދޮންކަނބުލޮ"އެވެ.

ހއ.އިހަފަރު ފަޅު މަރާމާތުކުރުން ހުއްޓުވުނ

ހއ.އިހަފަރު ފަޅު މަރާމާތުކުރުން ހުއްޓުވުން
ތަޢާރަފް:
ހއ. އިހަފަރު ފަޅަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު  ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުންވެ ހަލާކުވެފައިވާ ފަޅެކެވެ.އެކަމުގެ ސަބަބުން އިހަފަރު ފަޅުވަނީ 2010 ޑިސެމްބަރ 26  މަރަމާތު ކުރަން ފަށާފައެވެ. މި ރިޕޯޓަކީ ހއ.އިހަފަރު ބަނދަރުގެ މަސައްކަތް އެރަށުގެ ރަތްޔިތުން ނުކުމެ ހުއްޓުވާފައި ވާތީ އެކަން ދިރާސާކޮށް  ހިނގައި ދިޔަގޮތް ބަލައި މިނިސްޓޮރީ އޮފް ހައުސިންގެ ފަރާތުން އަޅުގަނޑު ޢާއިޝަތު ޖުވައިދާ ލިޔާ ރިޕޯޓެކެވެ.މި ރިޕޯޓްގައި ހިމެނޭނީ ފުރަތަމަ ފަޅުއެޅި ދުވަސްވަރާއި، ފަޅާ ހަވާލުވި މީހުންނާއި،ފަޅުގެ މަސައްކަތް ކުރުމައްޓަކައި ބޭއްވުނު ބައްދަލުވުންތަކާއި، ފަޅުހުއްޓުމަށް މެދުވެރިވި ސަބަބާއި އެކަމައް ގެނެވޭނެ ހައްލެވެ.