Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Monday, October 21, 2013

ޅެން

                                                                                           އިޝްޤު ނުވިނަމަ ....      
 އާދަމް ސަލީމް/ ހޯރަފުށި

އިޝްޤު ނުވިނަމަ ދޭހުގައި މިހިތާމައެއް ނުޖެހޭނެޔޭ                                    
             ގިސްލަގިސްލާފައި ކަރުނަ އޮހޮރާކަށެއް ނުޖެހޭނެޔޭ
ވާނުވާއެއް ނޭނގިފައި،ހައިރާންވެފައި، ހިތްދަތިވެފާ
               ދާނުގައި މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔޭ
ނިދިފިލާ ރޭގަނޑު ހަތަރުދަމުހެން ނުލިބި ހަމަ ރާހަތެއް
            ވިދި ދެކަޅި ލޯ ބޮޑުވެފައި، އޮންނާކަށެއް ނުޖެހޭނެޔޭ  
ލުހުނަކަސް ނޭވާހަށީނަ މިތުރާގެ ލޯބި ހަނދާނުގާ
            ރުހުމުގާ އުމުރުގެ ޖަލަށް ވަނަނާކަށެއް ނުޖެހޭނެޔޭ
ކަރުނަތައް ލޭ އޮހޮރަ އޮހޮރާފާ، ހިތާމާގާ މިހެން
            މަރުގެ ޖަލިޔާގައި، މިދަތުރު ކުރާކަށެއް ނުޖެހޭނެޔޭ


ޝަރަހަ
މިޅެމުގައި ޖުމުލަ ގޮތެއްގައި ހިމެނެނި ދޭހުގައި{ދުނިޔޭގައި} އިޝްޤު ނުވިނަމަ ނެތިގެން ދާނެ ކަންތައްތަކެއްގެ ވާހަކައެވެ. އެގޮތުނަ ކަރުނަ އަޅާ ރުއިމާއި ، ރޭގަނޑު ނިދި ގެއްލުމާއި ، ވާނުވާ ނޭނގި އުދަގޫތައް ލިބުމާއި، ހިތާމައިން މަރާ ހަނގުރާމަ ކުރަންޖެހޭ ވާހަކަ ހިމެނެއެވެ. މި ޅެމުގައި އިޝްޤު މާނަ ކުރެވިފައި ވަނީ ދެޖިންސުގެ ދެމެދުގައި އުފެދޭ ލޯތްބަށް ކަމަށް ބެލެވެއެވެ. އަދި ބޮޑަށް  މި ޅެމުގައި ވާހަކަ ދެކެވިފައިވަނީ ގިނަ ބަޔަކު އިޝްކުގައި ޖެހިގެން ކުރަމުން އަންނަ ކަންތައްތަކަށެވެ. އެގޮތުން ލޯބި ހާސިލްނުވުމުނަ ކަރުނަ އެޅާ ރޮއި ތަންމަތި ނުނިދާ ހޭލާ ވިސްނާ ފިކުރު ކުރަމުން ގެންދިޔުމާއި، ލޯތްބަށްޓަކައި އެކަކު އަނެކަކަށް ލޭ އޮހޮރުވާ ކަނަތަށް ކުރުމެވެ. މި ގޮތުން ދުންޔަވި މިސާލުތަކަށް ބަލައިލާއިރު ލައިލާއާއި މަޖުނޫނު، ޝީރީންއާއި ފަރުހާދުގެ އިތުރުން ރޯމިއޯ އާއި ޖޫލިއަޓްވެސް ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ މިއިދުގެ މުޖުތަމައުން ފެންނަމުންދާ އެކަކު އަނެއްކަކައް ތިކިއި ދަންޖެހި މަރުވުމާ ގއއިގެ އެތައްމިތާގައި ކަތަރު އެޅުން ފަދަކަންތައްތައް ހިމެނެއެވެ.  މިޅެމުގައި ބުނަނީ މިކަންތައްތައް ދިމާވަނީ އިޝްޤުގައި ސަބަބުން ކަމަށެވެ. މީގެ އިތުރުން އިޝްޤު ނުވިނަމަ މިކަންތައްތައް ނުވީސް ކަމުގައެވެ.   

0 comments:

Post a Comment