ހއ.އިހަފަރު ފަޅު މަރާމާތުކުރުން ހުއްޓުވުން
ތަޢާރަފް:
ހއ. އިހަފަރު ފަޅަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުންވެ ހަލާކުވެފައިވާ ފަޅެކެވެ.އެކަމުގެ ސަބަބުން އިހަފަރު ފަޅުވަނީ 2010 ޑިސެމްބަރ 26 މަރަމާތު ކުރަން ފަށާފައެވެ. މި ރިޕޯޓަކީ ހއ.އިހަފަރު ބަނދަރުގެ މަސައްކަތް އެރަށުގެ ރަތްޔިތުން ނުކުމެ ހުއްޓުވާފައި ވާތީ އެކަން ދިރާސާކޮށް ހިނގައި ދިޔަގޮތް ބަލައި މިނިސްޓޮރީ އޮފް ހައުސިންގެ ފަރާތުން އަޅުގަނޑު ޢާއިޝަތު ޖުވައިދާ ލިޔާ ރިޕޯޓެކެވެ.މި ރިޕޯޓްގައި ހިމެނޭނީ ފުރަތަމަ ފަޅުއެޅި ދުވަސްވަރާއި، ފަޅާ ހަވާލުވި މީހުންނާއި،ފަޅުގެ މަސައްކަތް ކުރުމައްޓަކައި ބޭއްވުނު ބައްދަލުވުންތަކާއި، ފަޅުހުއްޓުމަށް މެދުވެރިވި ސަބަބާއި އެކަމައް ގެނެވޭނެ ހައްލެވެ.