Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Monday, October 21, 2013

ފިލްމީ ދާއިރާއަށް ދިވެހި ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށް ކުރެވިދާނެކަންތައްތައް

ފިލްމީ ދާއިރާއަށް ދިވެހި ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށް ކުރެވިދާނެކަންތައްތައް
ފިލްމީދާއިރާ މިވަނީ ތަރައްގީވެ ކުރިއަރައިގެން ގޮސްފައެވެ.އެތައް ހަރުފަތްތަކެއް ގިރާކުރަމުން އެތައްހާސް މިނެއްގެ އުސްމިނަކައް އަރާފައެވެ.އަދި ފިލްމީދާއިރާއަށް އަޅުގަނޑުމެންގެ ސަޤާފަތާއާދަކާދަ ކުރިއެރުވުމައްޓަކައި ވަރައްގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުންސަޤާފަތާއާދަކާދަ ކުރިއެރުވުމައްޓަކައި ދިވެހި ސަޤާފަތް ދައްކުވާދޭ ފިލްމުތައް އުފެއްދުމާއި،އެބައިމީހުން އަމިއްލައަށް އިސްނަގައިގެން ސަޤާފަތާ އާދަކަދައާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި ސަޤާފީޝޯތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމާ އަދި ހުޅަނގުގެ ފެޝަންތަކަށް ލޯބިކުރުމުގެ ބަދަލުގައި ސަޤާފީ ރިވެތި ހެދުން ހިޔާރުކުރެވިދާނެއެވެ.

ދިވެހިން ނަކީ ފިލްމީ ދާއިރާއަށް ގެއްލި ފިލްމުތަކުގެ "ކެރެކްޓާރ" ތައް ކޮޕީ ކުރުމައް ލޯބި ޖެހިފައިވާ ބައެކެވެ. މިކަންމިހެންއޮތުމުގެ ސަބަބުން "ކެރެކްޓާރ" ތައް ދިވެހި ސަޤާފަތާއި އާދަކާދަ ދައްކުވާދެންޏާ  ދިވެހިންގެ ކިބައިގާ އެއްވެސް ދިވެހި އާދަކާދަ އާއި ސަގާފަތް ވަކިހިއްޕާލައި އެކަމަށް ހޭނިދާނެއެވެ. މިކަމުގެ ސަބަބުން ދިވެހި އާދަކާދަ އާއި ސަޤާފަތް އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެއެވެ. ވީމާ ދިވެހި ސަޤާފަތް ދައްކުވައިދޭ ފިލްމުތައް އުފެއްދުމަކީ ފިލްމީ ދާއިރާއިން ސަގާފަތް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އަދި މިހާރު ފިލްމީ ދާއިރާއަށް މިހާބޮޑު ޝައުޤެއް އުފެދިފައިވާއިރު އެފަދަ ކަމެއް ކުރުމީ ދިވެހިބަހާއި ސަޤާފަތަށް ވަރަށް ފައިދާކުރާނެކަމެކެވެ.
ކޮންމެ ކަމެއްގައިވެސް "އެވެއާނެސް ޕްރޮގްރާމް"ތައް ހިންގުމަކީ މިހާރުގެ އާންމުކަމެކެވެ. އެގޮތުން މަޝްހޫރު ބައެއްގެ ފަރާތުން އެކަހަލަ ކަމެއްކުރުމަކީ ގިނަބައެއްގެ ޝައުވެރިކަން އަތުލެވިދާނެ ކަމެކެވެ. ސަބަބަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކި ކޮންމެ މީހެއްވެސް ބައްދަލުކޮއް ވާހަކަ ދައްކާލަން ބޭނުންވާ މީހަކައްވުމެވެ.އެހެން ވުމުގެ ސަބަބުން ފިލްމީދާއިރާގެ މީހުން  އެފަދަ ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށްޓަކައި "ޕޮރޮގުރާމް" ތައް  ކުރިއައް ގެންދެވިދާނެއެވެ. ހަމަ އެހެންމެ  މިކަން  ކުރުމުގައި ތަފާތު އުސްލޫބު ތަކެއްވެސް ބޭނުން ކުރެވި ދާނެއެވެ. "ޕޮރޮގުރާމް" އާ އެކު މުނިފޫހިފީލުވުމުގެ  ސަޤާފީ "އައިޓަމް" ތަކެއްވެސް ކުރިޔައް ގެންދެވިދާނެއެވެ. އަދި އެކިއެކި އަތޮޅުތަކަށް ދިއުމުގެ ބަދަލުގައި މީޑިއާ މެދުވެރިކޮށް އެ "އައިޓމް " ތައް ދުރައް ފޮނުވިދާނެއެވެ.މިއީ ދިވެހި ސަޤާފަތާއި އާދަކާދަ ކުރިއެރުވުމަށް ކުރެވިދާނެ ފަސޭހަ ކަމެކެވެ.
ދިވެހި ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ޝޯތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭއްވުމަކީވެސް ދިވެހި ސަޤާފަތާ އާދަކާދަ ކުރިއެރުވުމައްޓަކައި ފިލްމީ ދާއިރާއަށް ކުރެވިދާނެ ވަރަށް ބޮޑު ކަމެކެވެ.ސަބަބަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާގިނަ މީހުންނަށް ދިވެހިންގެ ހިތްތަށް ލެނބިފައިވުމެވެ. ކުރިންވެސް ދެންނެވުނު ފަދައިން މިފަދަ ޝޯތަކަށްވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ.އަދި އެފަދަ ޝޯތަކުގެ ޒަރެއްޔައިން ދިވެހި އަދަކާދަ ދިވެހިންނާ ހަމައަށް ފޯރުކޮށްދީ އެކަންތައްތައް ކުރިއެރުވުމަށްޓަކައި އެހީވެދޭނެއެވެ.ހަމަ އެހެންމެ ދިވެހިންގެ ހިތްތަކުގައި ދިވެހި ބަހާއި ސަޤާފަތަށް އޮތް ލޯބި އިތުރުވެ ކުރިލާ ހެދިގެންދާނެއެވެ.
މިޒަމާނަކީ މަޝްހޫރު "ކެރެކްޓާ" ތައް ނަކަލު ކުރުމަށް ދެވިހިފާފައިވާ ޒަމާނެކެވެ.ޙާއްސަކޮށް މިކަމަކީ ދިވެހިންގެ ކަށީގަ ހިފާފައިވާ އާދައެކެވެ.އެތައް ދިވެހި ޒުވާނުންނެއް "ޔޫއްޕެ" "ޝީލާ" "ސީޒަން" "ނިޢުމާ" ފަދަ ތަރިން ނަކަލު ކުރަން މަސައްކަތް ކުރާއިރު،ފިލްމީދާއިރާގެ މިފަދަ އަލިގަދަ ތަރިންނަކީހުޅަނގުގެ ގޮތް ދިވެހި ސަޤާފަތާ އާދަކާދަ ގެންގުޅޭ ބަޔަކަށް ވެއްޖެނަމަ، އެތައް ޒުވާނުންނެއް ދިވެހި ސަޤާފަތާ އާދަކާދައަށް ލޯބިކުރާނެއެވެ.ސަބަބަކީ  އެ ތަރިންގެ ކިބާގައި އެ ސިފަތައް ހުރެއް ޖެނަމަ ޒުވާނުންނަށް ނަކަލު ކުރެވޭނީ އެ ރިވެތި ސަޤާފަތާ އާދަކާދަ ކަމުގައި ވާތީއެވެ. އެހެން ކަމުނ ޒަމާނީ  ފެޝަނަށް  ލޯބިކުރުމުގެ ބަދަލުގައި ފިލްމީ ދާއިރަގެ  ތަރިންނަށް ސަގާފީ ހެދުމާއި ވައްޓަފާޅި ބޭނުން ކުރެވުދާނެއެވެ.
މިހާ މުޖުތަމަޢު ހަލަބޮލި ވެފައިވާ ދުވަސްވަރެއްގައި ފިލްމީދާއިރާއިން އިސްނަގައިގެން ބަޔާން ކުރެވުނުފަދަ ކަންތައްތަކެއް ކުރުމަކީ  މި ހަލަބޮލިކަން ނެތި ދިވެހި ސަޤާފަތާ އާދަކާދަ  ދިވެހިންގެ ތެރޭގައި އަށަގެންފާނެ ކަމެކެވެ.ވީމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިވެހި ސަޤާފަތާ އާދަކާދަ ކުރި އެރުވުމަށްޓަކައި  ސަޤާފީ ފިލްމުތައް އުފެއްދުމާއި،ސަގާފީ ޝޯތަށް ބޭއްވުމާއި "އެވެއާރނަސް" ޕޮރޮގްރާމްތައް     ހިންގުމާއި ދިވެހި ސަޤާފަތާ އާދަކާދަ އާ އެއްގޮތައް ޢަމަލު ކުރެވިދާނެއެވެ.  

0 comments:

Post a Comment