Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Monday, October 21, 2013

ކެތްތެރިކަމުގެ ނަމޫނާއެއް

                             ކެތްތެރިކަމުގެ ނަމޫނާއެއް
    އުމުރުން 52 އަހަރުގެ ޚަދީޖާ މުހައްމަދަކީ ހއ.އިހަވަންދޫއަށް އުފަން ކެތްތެރި، ހިތްހެޔޮ އަންހެނެކެވެ.ޢައިމިނަތު ޤާސިމް އާއި މުހައްމަދު އިބްރާހިމްގެ ހަގު އަދި ހަމައެކަނި ހުރި އަންހެން ދަރިފުޅެވެ. 1960 ނޮވެމްބަރ 4 ވި ދުވަހު މި ދުނިޔެއަށް އުފަންވި ޚަދީޖާ އުޅެމުން އަންނަނީ އިހަވަންދޫ ރޯޝަނީގޭގައެވެ. ގިނަބައެއް ދަންނަ "ފުއް އާއިލަ" ގެ މެންބަރެކެވެ. 3 ބޭބެއިންނައެކު ދިރިއުޅެމުންއަންނަ އެންމެންގެ "ދޮންކަނބުލޮ"އެވެ.

 
   ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި އެތައް ހިތް ދަތި ކަމަކާއި އުފާވެރިކަމެއް ތަހައްމަލްކުރި ޚަދީޖާ މުހައްމަދަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނުމީހެކެވެ. ފުރަތަމަ ކިޔަވަން ފެށުނީ މަންމަގެ ކައިރިން ކަމަށް ބުނާ ޚަދީޖާ ތޢުލީމު އުގެނުމަށްތަކައެ ދެވަނަ ހަރުފަތަކައް ވެގެން ދިޔައީ ވައިޖެހޭގޭ ޖަމީލާ ހުސެންގެ ކައިރިން ކިޔެވުނު ކިޔެވުމެވެ. އެ ހަރުފަތް ނިންމާލުމަށްފަހު ދެން ކިޔެވީ "އަށިގެ" އިން ކަމައްވެސް ޚަދީޖާ ބުންޏެވެ. އަދި އެންމެ ފަހުން ތަޢުލީމު ހާސިލް ކުރީ އިހަވަންދޫ "މަކްތަބް" އިންނެވެ.އެއައްފަހު ކުރިޔަށް ދެވޭނެ ގޮތެއް ނެތުމުން ކިޔެވުނަ ހުއްޓާލީއެވެ.
   ތަޢުލީމީ ހަޔާތް ނިންމާލުމަށް ފަހު ދެންފެށީ ރަށުގެ  ކުދިންނާއި އެކިއެކި މީސްތަކުންނަށް ޤުރުޢާން ކިޔަވަދޭށެވެ. އުމުރުން ޅަ ދުވަސްވަރެއްގައި ކުރަންފެށި މި މަސައްކަތް ވެގެން ދިޔައީ ދޮންކަނބުލޮއަށް ވަރަށް ފައިދާހުރި އެންމެންގެ ލޯބި ލިބިގެންދިޔަ ކަމަކަށެވެ.އަދި އެތައް ކުދިންނެއްގެ އެދުރަކަށް ވެވުނެވެ. މީގެ އިތުރުން "ކިޔަވާއްތަ" ގެ ނަމުން ނަންހަރުވެގެން ދިޔަކަމަކަށެވެ.    
·              އުމުރުން 18 އަހަރުވީ ތަނުން ދެން ޖެހުނީ ހިތަމާގެ ކަނޑުތަކުގައި ފީނާށެވެ. 18 އަހަރުގައި ޚަދީޖާގެ ފުރަތަމަ ކައިވެނި ކުރެވުނެވެ. ކައިވެންޏަށް އަހަރެއް ވުމުގެ ކުރިން ބަލިވެ އިން ޚަދިޖާ ވިހޭއިރުވެސް ދަރިފުޅު"ފާތިމަތި ސަމީހާ" އޮތި މަރުވެފައެވެ. މިކަމުގެ ސަބަބުން ލިބުނު ފުން ހިތާމައިން މިންޖުނުވެވިގެން އުޅެނިކޮށް އަލަތު ފިރިމީހާ ޚަދީޖާ މިނިވަންކުރިއެވެ. މިކަން ވެގެން ދިޔައީ ހިތާމަތައް ދެގުނަޔަށް  އިތުރު ވެގެންދިޔަ ކަމަކަށެވެ. މުހައްމަދު ހުސެއިން ވަރިކުރުމުނަ ލިބުނު ހިތާމަތަކަށް ލުޔެއް ލިބޭތޯ މައިންބަފައިންގެ އެދުމުގެމަތިން ޚަދީޖާ ދެން ކައިވެނިކުރީ ޢަބްދުލް ރަޝީދު މުހައްމަދާއިއެވެ. އޭނާއަކީ މާލޭގައި މަސައްކަތް ކުރާމީހަކަށް ވުމުގެ ސަބަބުން ޚަދީޖަގެ ދިރިއުޅުންވެސް ފިރިމީހާގެ އެދުމުގެ މަތިން މާލެ ބަދަލު ކުރެވުނެވެ. މާލޭގައި ފިރިމީހާ ބުނި ގޮތެއް ހަދައިގެން އަމިއްލަ ގޭގައި ނޯކަރެއްހެން އުޅެމުން ދިޔައިރުވެސް ފިރިމީހާގެ އޯގާތެރިކަމާއި އަޅާލުނަ ނުލިބުން ވެގެން ދިޔައީ ޚަދީޖާއަށް ކެތްކުރަން ދަތި ވޭނަކަށެވެ. އެ ހާލުގައި މާލޭގައި އަހަރެއްހާ ދުވަހު އުޅުމަށްފަހު އެ ކައިވެނީގަވެސް ނިމުމުގެ ސިއްކަ ޖެހުނެވެ.   
      ދުވަސްގަނޑަކަށް ފަހު ޚަދީޖާގެ 3 ވަނަ ކައިވެނި ޢަބްދުލް ޚަކީމް ޢަބްދުއްﷲ އާއި ކައިވެނި ކުރެވުނެވެ. ކައިވެޏަށްފަހު ޚަދީޖާގެ ދެވަނަ ދަރިފުޅު ޢަބްދުﷲ ރަމީޒަށް ބަލިވެ އިނެވެ. ބަލިވެ އިންތާ 6 މަސްދުވަސް  ވީއިރު ޚަކީމްވެސް ވަނީ ޚަދީޖާ އެކަނި ހާލަށް ދޫކޮށް ގޮހެވެ. {ވަރިކޮށްފައެވެ}. މި ހިތްދަތިކަމުގައި އެތައް ވޭނަކާއި ކެކުޅުމެއް އުފުލަމުން ޚަދީޖާ އެދަރިފުޅު މި ދުނިޔެއަށް އުފަން ކުރިއެވެ.ދަރިފުޅަށް 4 އަހަރު ފުރުމާއެކު ޚަދީޖާގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެހުނެވެ.ޚަދީޖާގެ ދިރިއުޅުމުގައި އާބިންގަލެއް އެޅުނެވެ.ކައިރި ރަށެއް ކަމުގައިވަ ހަތިފުށީ މުހައްމަދު ހުސައިން އާ ކައިވެނި ކުރެވުނެވެ.ހުސައިން ޚަދީޖާގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ހުޅުކޮޅު ރޯކޮށްދިނެވެ. ނަމަވެސް ކައިވެޏަށް ފުރަތަމަ ދަރިފުޅު އަހްމަދު ސުހަޢިލް މުހައްމަދު ލިބުނުތަނާ 6 މަސް ދުވަސް ވީއިރު ކިޑްނީ ފައިލްވެގެން ސުހަޢިލްގެ ބައްޕަ މިދުނިޔެ ދޫކޮށްފިއެވެ. މިހަތާމަތަކަށް ކެތްކުރަމުން ޚަދީޖާ އޭނާގެ ދެލޮލުގެ ނޫރު ކަމުގައވާ ދެދަރިން ސުހަޢިލް އާއި ރަމީޒް ބަލައިބޮޑު ކުރިއެވެ.   
   9 ފެބްރުއަރީ 2006 ވަނަ އަހަރު ޚަދީޖާ މާމަ އަކަށްވިއެވެ. އުފާވެރިކަމުގައި މާމަ ދަރިފުޅު މުހައްމަދު ޔޫނުސް އާއެކު ދެއަހަރު ހޭދަ ކުރެވުނުތަނާ ޚަދީޖާގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއްއައެވެ. 2008 ވަނަ އަހަރު އޯގަސްޓު މަސް ފާއިތުވީ ޚަދީޖާ އަކީ ކެންސަރ ބަލީގެ ޝިކާރައެއްކަން އަންގައިދެމުންނެވެ. މުޅި އާއިލާއަށް ލޮޅުމެއް ގެނުވި މިހަބަރާއި އެކުވެސް ޚަދީޖާ ކެތްތެރިކަން ހިޔާރުކުރިއެވެ. އިންޑިޔާގެ ކިމުސް ހޮސްޕިޓަލުން ކުރެވުނު އޮޕްރޭޝަނައް ފަހު ދަތި އުނދަގޫ ތަކާއި ކުރިމަތިލަމުން ދިޔަ ޚަދީޖާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ލަންކާއަށް ގޮސް އިތުރު ފަރުވާކުރުމުންނެވެ. މާތް ﷲގެ އިރާދަފުޅުން އެ ބައްޔަށް ވަނީ ޝިފާއެއް ލިބިފައެވެ.
 ޚަދީޖާގެ ހިތްހެޔޮ މިޖާޒާއި ހިތްތިރިކަން ވެގެންދިޔައީ އިހަވަންދޫގެ އެތައް ބަޔެއްގެ ރުހުމާއި ލޯބި ލިބިގެން ދިޔަކަމަކަށެވެ. އަދިގިނަ އިހަވަންދޫ ދަރިންތަކެއްގެ "ކިޔަވާއްތަ" އަށް ވުމަކީ ޚަދީޖާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.ހިތާމަވެރި ދިރިއުޅުމަކުން އެއްކިބާވެ އުފާވެރި ދިރިއުޅުމަކަށް މަގުކޮށަމުންދާ ޚަދީޖާ މިހާރު އެންމެ އިންތިޒާރު ކުރަމުން ދަނީ ހަގު ދަރިފުލު ސުހަޢިލްގެ ފަރާތުން މާމަ ދަރިއެއް ލިބިގެންދާނެ ދުވަހަކަށެވެ. 2012 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރި ޚަދީޖާއަކީ ދީނަށްލޯބިކުރާ ހެޔޮލަފާ އަންހެނެކެވެ.އެކަކު އަނެކަކު ފަރަގުނުކުރާ ހިތްހެޔޮ އެކުވެރިއެކެވެ.

ޚަދީޖާ ބޭނުންވަނީ އޭނާގެ އާއިލާ މީހުންނަކީވެސް ދީންވެރި ރަނގަޅު ބަޔަކަށް ވުމަށެވެ. އަދި މަރުހޫމް މަންމައާއި ބައްޕައަށް ހެޔޮ ދުޢާ ކުރާ ރަނގަޅު ދަރިޔަކަށް ވާށެވެ. އަދި އެންމެނަށްވެސް ބުނެލަން ބޭނުންވަނީ ސުވަރުގޭގެ މަތިވެރި ނިޢުމަތް ހޯދަން މަސައްކަތް ކުރާށޭ ކަމަށް ހަދިޖާ ބުންޏެވެ. އަދިއަދަށް ދާންދެންވެސް މަރުހޫމް ފިރިމީހާގެ ހަނދާނުގައި ހުރި ޚަދީޖާއަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ.



ަރަގުނުކުރާ ހިތްހެޔޮ ރަނގަޅު އެކުވެރިއެކެވެ. 

1 comments:

  1. Mgm Casino: $1,000 Bonus + 150 Free Spins
    Mgm Casino Review – Claim a $1,000 포항 출장샵 Welcome Bonus in November 평택 출장샵 2021. 영천 출장마사지 Mgm Casino has over 800 slots, casino games 김포 출장샵 and 의왕 출장마사지 an excellent live casino. Rating: 4.2 · ‎Review by JT Hub

    ReplyDelete