Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Tuesday, October 22, 2013

ހެއްހެއް! ކޮއްކޮ...................ކީއްކުރަނީ؟




އެއީ ގާތްގަނޑަކަށް ރޭގަނޑު 11ޖަހާކަށް އިރެވެ. ރަށުގެ އެކި ދިމަދިމާއިން ސިޔާސީ ޕާޓީތަކުން ލައްވާ "ތުއިތުއި" ގެ އަޑުއިވެމުންދިޔައެވެ. އަހަރެން އިނީ ހޮޓަލުގައި ކާށެވެ. ރައްޓެހިންނާ އެކުއެވެ. މުޅި މާހައުލު ވަނީ ސިނގިރޭޓް ދުމުން ތަގައްޔަރު ކޮށްލާފައެވެ. ކައިނިމުމުން ބިލަށް ފައިސާ ދެއްކުމަށްފަހު "ރައުންޑަކަށް" ދިޔައީމެވެ. ރަށް "ކުޑަކޮށްލުމަށްފަހު" ގައަށް ދިއުމަށް މިސްރާބުޖެހީމެވެ.



12ޖަހަންވެފައި ހުރުމުން ރަށްހަމަހިމޭންވިއެވެ. ސިޔާސީޕާޓީތަކުގެ "ތުއިތުއި" އަޑުވެސް ކެނޑުނެވެ. މަޑުމަޑުން ގަސްތަކުގެ ފަތްތަކުގައި ރޯޅިތައް ބީހިލާއަޑު މިއުޒިކެއް ފަދައިން އިވެމުންދެއެވެ. ނަމަވެސް ފަނިފަކުސާގެ އަޑު އެހިތްގައިމުކަން ކަނޑުވާލައެވެ. އަހަރެން ޖައްސާލީ ބޭރު ޖޯލީގައެވެ. ނިދިނާންނާތީއެވެ. އެއާއެކު ލޯބިވެރިޔާމަތިން ހަނދާންވާން ފެށިއެވެ. މަޑުމަޑުން ލޮލުގެ އެސްފިޔަތައް ތިރިވާންފެށިއެވެ. އިރުކޮޅަކުން ލޯބިވެރިޔާ އަހަރެން ކުރިމަތީ ހުރެގެން ގޮވަންފެށިއެވެ. "ޖާނާއެވެ. އަންނާށެވެ. މި ހަށިގަނޑުން އުފަލެއް ލިބުމަށް އަންނާށެވެ." ވީ އުފަލުން އެޔެއް މިޔެއް ބަލައިނުލާ، އެނިޔަނެތި ހަށިގަނޑާ ދިމާއަށް ދުއްވާގަތީމެވެ. އަސްތާއެވެ. ޖެހެނީއެވެ. ކޮންތަނަކުކަން އިނގޭހެއްޔެވެ؟ ޖަނބުރޯލު ގަހުގައެވެ. ވަރަށް ބާރަށްށެވެ. ތަދުވިއެވެ. އެ ހަށިގަޑުކަމަށް ބައްދައިގަނެވުނީ ޖަނބުރޯލުގަހުގައެވެ. ނިދީގައި ލޯބިވެރިޔާ މަތިން ހަނދާންކުރުމުން ވީގޮތެވެ. ލަދުގަތް ވަރުން ގޭތެރެއަށް ވަނީމެވެ.


ލަދުގަތްވަރުން ނiދާހިތްވެސް ކެނޑުނެވެ. ގޭއެންމެން ނިދާފައި ތިބިކަމުން ފޫހިވާތީ "ޓީވީ" ބަލަން ޖައްސާލީމެވެ. ގަދަ ޝޯއެއް އާދެއެވެ. އޭގެ އަވާގައި ގަހިފަ އިންނަތާ އިރުކޮޅެއްފަހުން ކޮޓަރި ދޮރުހުޅުވުނު އަޑަށް ބަލައިލީމެވެ. ކޮއްކޮއެވެ. އަޅައެއްނުލަމެވެ. ކުއްލިއަކަށް ހީވީ މުޅިތަނަށް ބިންހެލިމެއް އާހެންނެވެ. ސިއްސައިގެން ގޮސް ގޮނޑިން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ވީގޮތް އެގޭހެއްޔެވެ؟ ކޮއްކޮ ލަކުޑި އެނދުމަތިން ފުންމާލީއެވެ. އެންމެން ކޮޓަރިން ނުކުތެވެ. ބަލަބަލާފައި ހޭންފެށިއެވެ. ކޮއްކޮހަމަ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ހީހީ އެންމެން ބިނދޭވަރުވީއިރުވެސް ހުއްޓައެއް ނުލައެވެ. އެންމެފަހުން އަހަރެން އޭނާގެ މޫނަށް ފެންޖެހީމެވެ. ހަމަހެއަށް އައުމުން  އަމިއްލައަށްވެސް ހީހީފައި ނިދަން އޮށޯތެވެ.



ކޮއްކޮ ކުރިކަންތައް އިނގޭހެއްޔެވެ؟ އެނދުމައްޗަށް ފުންމާލުމަށްފަހު މޫދުގައި ފަތާކަހަލަ ހަރަކާތެއް ކުރަނީއެވެ. އެއަށްފަހު ގާގައި ހުރި ހުރިހާ ފޭރާމެއްކަހަލަ ގޮތަކަށް ބޭލިއެވެ. ބޭލުމަށްފަހު " ކިލޯ މިޔޮއް ބޯވަ ނަގާ" މިހެން ކިޔަމުން ގޭގެ އެކެއްގެ ފަހަތުން އަނެއްކެއްގެ ފަހަތުން ދުވީއެވެ. އަދި އެންމެބޮޑު ބޯވަ މިއޮތީއޭ ކިޔައި ދެއްކީ އޭނާގެ "އެތަނެވެ" އަހަރެންވެސް ލަދުގަތެވެ. ކޮއްކޮ އޭގެ އަނެއްދުވަހު ބޯވަނަގަން ނިންމާފައި  ނިދީގައިވެސް ބޯވަނެގީއެވެ. އެކަމު އެއީވެސް ބޮޑުވަރެވެ. އަހަންނަސްވެސް ނިދީގައި "ލޯބިވެރިޔާ" ގައިގައި ބެއްދުނުގޮތް ހިތައްއެރިއެވެ. އަނެއްކާ މިގޭމީހުންނަށް ނިދީގައި ކަންތައްތައް ކުރުމުގެ ބަލިޖެހުނީ ބާވައެވެ؟ އެކަމަކުވެސް މަޖަލެވެ. ހަމަ މަޖަލެވެ.


 
 

1 comments: