ކިޔެވުން މިދަނީ ދުވަހެއް ދުވަހަކަށް ކުރިއަރައިގެންނެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކު ބަސްތައް މިވަނީ ދަސްކޮށް އުގެނެން ޖެހިފައެވެ. އެހެންވުމުގެ ސަބަބުން ދިވެހިދަރިންދަނީ ދިވެހި ބަހަށް ވުރެ އެހެނިހެން ބަސްތަށް ކުރިއަރުވަމުންނެވެ. މިފަދަ ދުވަސްވަރެއްގައި މަތީ ސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާދޭނަމަ ވަރަށް ފައިދާ ކުރާނެއެވެ. އެގޮތުން ދިވެހިބަހަށް ލޯބިކުރާ ގިނަ ދަރިން ތަކެއް އުފެދިގެން ދާނެއެވެ. މީގެއިތުރުން ދިވެހި ތާރީހުން މުއްސަނދި ވެފައިވަ ދަރިންތަކެއް ޤައުމަށް ނެރުމަށް އެހީތެރިވެދޭނެއެވެ. ހަމައެހެންމެ ނެތިގެން ދިޔުމުގެ ބިރު ހީވެފައި މިވާ ދިވެހި ބަސް ދިރުމުގެ ހުޅުކޮޅު ދިއްލިގެންދާނެއެވެ. އަދި ހަމަ އެއާއެކު ދިވެހިތާރީޚް ކިޔަވާގެން ތިބިގިނަ ޒުވާނުން ތަކަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
މަތީސާނަވީގައި ދިވެހި ތާރީޚް ވަކި
މާއްދާއެއްގައި ގޮތުގައި ކިޔަވާދީފިނަމަ ބަހަށް ލޯބިކުރާ ގިނަ ދިވެހި ދަރިންތަކެއް
އުފެދިގެން ދާނެއެވެ. ސަބަބަކީ އެއެއްޗެހިތައް ކިޔެވުމުގެ ސަބަބުން އެކުދިންގެ
ހިތްތަކުގައި ތާރީހާ މެދު ލޯބި އުފެދިފައި ވާނެތީއެވެ. ކިޔެވުމުގެ ތެރެއިން
އެކުދިން ހަދާ ދިރާސީ މަސައްކަތްތަކާއި އުގެނޭ އުގެނުންތައް އެކުދިންނަށް
ތާރީހާބެހޭ މައުލޫމާތު މުއްސަނދިކޮށް އެކުދިން ތާރީހްގެ ތެރެޔަށް ވައްދާދޭނެއެވެ.
އަދި ތާރީހީ މައުލޫމާތުތައް އެގި ދަސްވި ވަރަކަށް ތާރީޚާ މެދު އުފެދޭ ޝައުގު
ބޮޑުވެގެނަދާނެއެވެ. އެއީދިވެހި ތާރީހަކީ ޝައުގުވެރި ކުރުވަނިވި އެތަށް ހާދިސާތަކެއް ހިގާފައިވާ ތާރީހަކަށް
ވާތީއެވެ. އަދި މިކަން މިހެން ހިނގުމުގެ ސަބަބުން ދިވެހިބަސް ކުރިއަރުވާ ތާރީޚް
ދިރާސާކޮށް އިތުރު މައުލޫމާތުތައް ހޯދާނެ ދިވެހި ދަރިންތަކެއް އުފެދިގެން
ދާނެއެވެ.
މަތީސާނަވީގައި
ދިވެހި ތާރީޚް ވަކި މާއްދާއެއްގައި ގޮތުގައި ކިޔަވާދީފިނަމަ ކުރިމަގުގައި
އެދާއިރާއިނަ ކުރިޔަށް ދާން ބޭނުންވާނެ ގިނަ ޒުވާނުންތަކަކަށް ފުރުޞަތު
ލިބިގެންދާނެއެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފައިގެން ކުރިޔަށް ނުކުންނަ
ޒުވާނުންތަށް ގިނަވި ވަރަކަށް ދިވެހި ތާރީހުން މުއްސަނދި ވެފައިވަ ޒުވާނުންތައް
ރާއްޖޭގައި ގިނަވެގެނަދާނެއެވެ. މީގެ ސަބަބުން ދިވެހިންގެ ތެރޭގައި ކުރީގެ
ސަޤާފަތާއި އާދަކާދަ އާލާވެގެން ދާނެއެވެ. އެހެން ކަމުން މިހާރު ނެތިގެން ދިއުމުގެ
ބިރުހީވެފައިމިވާ ދިވެހިބަސް އިތުރަށް ކުރިއަރާ ތާޒާކަންމަތީ ދެމިއޮތުމަށް
މަގުފަހިވެގެނަދާނެއެވެ. ވީމާ ތާރީޚް ވަކިމާއްދާއެއްގެގޮތުގައި ކިޔަވާދިނުމަކީ
ދިވެހި ބަސްއުވިދިޔަ ނުދިނުމަށްޓަކައިވެސް އެޅިދާނެ ހަރުދަނާ ރަނގަޅު
ފިޔަވަޅެކެވެ.
މިހާރު ރާއްޖޭގައި ކިޔަވާގެން ވަޒީފާނުލިބިފައި އެބަތިއްބެވެ. އަދި
ކުރިޔަށް އޮތްތާގައި މަތީސާނަވީ ގައި ދިވެހި ތާރީހު ވަކި މާއްދާއެއްގެ ގޮތުގައި
ކިޔަވާ ދޭނަމަ ކިޔަވާދިނުމަށްޓަކައި އިތުރު މުދައްރިސުންނާއި އިތުރު
މަސައްކަތްތެރިން ބޭނުންވާނެއެވެ. އެގޮތުން އިތުރު ވަޒީފާތަކެއް ހުޅުވިގެން
ދާނެއެވެ. ވީމާމިކަމުން ކިޔަވާގެން
ތިބިއިތުރު ޒުވަނުން ތަކަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި ރާއްޖޭގެ ވަޒީފާ
ނުލިބޭ މީހުންގެ އަދަދު މަދުވެގެން ދާނެއެވެ. އެހެން ވުމުގެ ސަބަބުން ރާއްޖެ
ތަރަށްޤީވެ ކުރި އަރައިގެންދާން ފަސޭހަ ވާނެއެވެ. އިދި ރާއްޖޭގެ ގިނަމީހިން
ތަކެއްގެ ބޭނުންތައް ފުދުމަށް އެހީތެރިވެދޭނެއެވެ ސަބަބަކީ ގިނަމީހުންނަށް
ވަޒީފާލިބުމުން އެބައި މީހުން އަމިއްލަ އަށް އަމިއްލަ ބޭނުންތައް
މަތީސާނަވީ ގައި ދިވެހި ތާރީހު ވަކި
މާއްދާއެއްގެ ގޮތުގައި ކިޔަވާ ދޭނަމަ ރާއްޖެޔަކީ ތަރައްޤީވެ ކުރިއަރިމުން
ދާޤައުމަކަށް ވުމުގެ އިތުރުން ރާއްޖޭގެ މާދަރީ ބަސް ކަމަށް ވާ ފޮނިފޮނި ދިވެހިބަސް
އުވިޔަނުދީ ހިފެހެއްޓޭނެއެވެ. މީގެއިތުރުން ރާއްޖޭގައި ތާރީޚް ކިޔަވާގެންތިބި
ރަނގަޅު ދަރިފަސްކުޅެއް އުފެދިގެން ދިއުމަށް މަގުފަހި ކޮށްދޭނެއެވެ. ހަމަ އެހެން
މިހާރު އުވެމުން މިދާދިވެހި ސަޤާފަތާއި ދިވެހިންގެ ރިވެތި އާދަކާދަތައް އާލޢވެ
ކުރިލާހެދުގެންދާނެއެވެ.ވީމާ މަތީސާނަވީ ގައި ދިވެހި ތާރީހު ވަކި މާއްދާއެއްގެ
ގޮތުގައި ކިޔަވާ ދޭނަމަ އަޅިގަނޑުމެންނަށް ވަރަށް ގިނަ ފައިދާ ތަކެއްވެގެން
ދާނެއެވެ. އަދި އެއީ ގެންނަން ރަނގަޅު ބަދަލެއްކަމަށްވެސް ފެނެއެވެ.
0 comments:
Post a Comment