Pages

Labels

ލޭފަވެތި ދިވެހިބަސް. Powered by Blogger.

ބައިތައް

Monday, October 21, 2013

ހއ.އިހަފަރު ފަޅު މަރާމާތުކުރުން ހުއްޓުވުނ

ހއ.އިހަފަރު ފަޅު މަރާމާތުކުރުން ހުއްޓުވުން
ތަޢާރަފް:
ހއ. އިހަފަރު ފަޅަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު  ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުންވެ ހަލާކުވެފައިވާ ފަޅެކެވެ.އެކަމުގެ ސަބަބުން އިހަފަރު ފަޅުވަނީ 2010 ޑިސެމްބަރ 26  މަރަމާތު ކުރަން ފަށާފައެވެ. މި ރިޕޯޓަކީ ހއ.އިހަފަރު ބަނދަރުގެ މަސައްކަތް އެރަށުގެ ރަތްޔިތުން ނުކުމެ ހުއްޓުވާފައި ވާތީ އެކަން ދިރާސާކޮށް  ހިނގައި ދިޔަގޮތް ބަލައި މިނިސްޓޮރީ އޮފް ހައުސިންގެ ފަރާތުން އަޅުގަނޑު ޢާއިޝަތު ޖުވައިދާ ލިޔާ ރިޕޯޓެކެވެ.މި ރިޕޯޓްގައި ހިމެނޭނީ ފުރަތަމަ ފަޅުއެޅި ދުވަސްވަރާއި، ފަޅާ ހަވާލުވި މީހުންނާއި،ފަޅުގެ މަސައްކަތް ކުރުމައްޓަކައި ބޭއްވުނު ބައްދަލުވުންތަކާއި، ފަޅުހުއްޓުމަށް މެދުވެރިވި ސަބަބާއި އެކަމައް ގެނެވޭނެ ހައްލެވެ.


ފުރަތަމަ ފަޅު އެޅުނު ދުވަސްވަރު:
ފުރަތަމަ ފަހަރަށް ހއ. އިހަފަރު ފަޅު ފުން ކޮއްފައިވަނީ1990 ވަނަ އަހަރު އެރަށުގެ ރައްޔިތުންގެ ފަރާތުން އިސްނަގައިގެން ރައްޔިތުންގެ ޙަރަދުގައި ރައްޔިތުންގެ ބެލުމުގެ ދަށުންނެވެ. އަދި މޫސުމީ ބަދަލުތަކާއި އުދައެރުމުގެ ސަބަބުން  ދެވަނަ ފަހަރައްވެސް އިހަފަރުގެ  ފަޅުވަނީ ފުންކޮއްފައެވެ. މިފަހަރު މަސައްކަތް ގެންގޮސްފައި ވަނީ  ސަރުކާރުގެ ބެލުމުގެ ދަށުން ރައްޔިތުންގެ  މަޝްވަރާގެ މަތިންނެވެ.ހަމަ އެހެންމެ އެކި ފަހަރު މަތިން ފަޅު މަރާމާތު ކުރެވުނު އިރު ފަޅު މަރާމާތު ކުރުން ގެންގޮސްފައިވަނި ތަފާތު ގުރޫޕު ތަކުގެ ބެލުމުގެ ދަށުންނެވެ.
ފަޅު މަރާމާތުކުރުމާ ހަވާލުވި ފަރާތްތައް:
ފުރަތަމަ ފަހަރު ފަޅު ރަށުގެ ރައްޔިތުންގެ ޙަރަދުން ހެދިނަމަވެސް 2010 ވަނަ އަހަރު ފަޅު މަރާމާތު ކުރެވިފައިވަނީ އެމް.ޓީ.ސީ.ޓީގެ ބެލުމުގެ ދަށުން ރައްޔިތުންގެ ހިޔާލާވެސް އެކުގައެވެ. އަދި ތިންވަނަ ފަހަރަށް މިމަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ އުވަދޯނި ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އުވަދޯނި ކޮންސްޓްރަކްޝަން މި މަސައްކަތް ކުރިޔައް ގެންގޮސްފައި ވަނީ އިހަފަރުގެ ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި އެއްވެސް މަދަނީ ޖަމިއްޔާއެއްގެ ހިޔާލުވެސް ނުހޯދާ ކަމައް އިހަފަރު ކައުންސިލް އިދާރާއިން މައުލޫމާތުދެއެވެ.ނަމަވެސް ބައެއް ބައްދަލުވުންތައް ބޭއްވުނެވެ.

މަޝްވަރާ ބައްދަލުވުންތައް
ފަޅު ފުންކުރުމާ ބެހޭގޮތުން ހއ.އިހަފަރު ދާއިރާގެ މެމްބަރު އަލްފާޟިލް މުހައްމަދު ޤާސިމް ނަޝީދު 2009 ޖެނުއަރީ 22 ވަނަ ދުވަހު މެންދުރުފަހު 2:30 ގައި ރައްޔިތުންނާ ބައްދަލު ކުރެއްވިކަމަށް ކައުންސިލް އިދާރާގެ ރައިސް މަޢުލޫމާތު ދެއްވައެވެ.މި ބައްދަލު ވުމުގައި ފަޅަށް ގެނެވިދާނެ ބަދަލުތަކާއި ގެނެވިދާނެ އިތުރު ތަރައްގީގެ ވާހަކަ ދެކެވުނު ކަމައްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެ ބައްދަލުވުމަށް ހާޒިރުވީ އެމަނިކުފާނު ނިސްބަތްވާ ކަޅު ކުލަ ޕާޓީގެ 50 މެމްބަރުން ކަމައްވެސް މަޢުލޫމާތު ލިބެއެވެ.މީގެ އިތުރުން އެރަށު ކަންސިލް އިދާރާގެ ރައީސްއާ ހަވާލާދީ  ނެރުއްވަފައިވާ ނޫހެއްގައި ބަޔާން ކޮއްފައިވާ ގޮތުން ވަރަށް ގިނަ ފަހަރު ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރިކަމަށާއި ނަމަވެސް ބައްދަލުވުމަށް ހާޒިރުވީ ވަރަށް މަދު މީސް ކޮޅެއްކަން ފާހަގަކޮއްފައިވެއެވެ. ނަމަވެސް ބައްދަލުވުމަށް ހާޒިރުވުމަށް އަޑުގަދަކުރާއިން ގޮވުމުގެ އިތުރުން ދަޢުވަތު ކާޑު ފޮނުވާގެންވެސް  ބައްދަލުވުމަށް ކިޔުނު ކަމައްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ހއ.އިހަފަރު ފަޅުގެ މަސައްކަތް ހުއްޓުމަށްނމެދުވެރިވި ސަބަބުތައް:
އިހަފަރު ފަޅު ހުއްޓުވާލުމައް ދިމާވި މައިގަނޑު ސަބަބެއް ކަމައް އަޅުގަނޑަށް ފެންނަނީ  ކަމާބެހޭގޮތުން ރައްޔިތުންނާއި ރަނގަޅަށް މަޝްވަރާ ނުކުރެވުމެވެ. ރަށު ކައުންސިލްގެ ރައިސް މަޢުލޫމާތު ދެއްވި ގޮތުގައި  މިކަމާއި ހަވާލުވި "އުވަދޯނި" ކައުންސިލް އިދާރާއާ ވާހަކަ ދެއްކި ނަމަވެސް  ރައްޔިތުންނާއި ރަށުގެ ޖަމިއްޔާތަކާއި ވާހަކައެއް ނުދައްކައެވެ. އަދި ކައުންސިލް އިދާރާއިން ގޮވާލި ގޮވާލުމަށްވެސް ގިނަ ރައްޔިތުންތަކެއް އިޖާބައެއްނުދެއެވެ. މީގެ އިތުރުން ބައްދަލުވުމުގާ ބައިވެރިވި ޖަމިއްޔާތަކުންވެސް އިސްނަގާ ހިޔާލު  ފައުޅުކޮށްފައިވަނީ އެންމެ ޖަމިއްޔާއަކުންވެސް ޔާމިންވަނީ ފާހަގަކޮށްފައެވެ.ވީމާ މިކަންތައް ރަނގަޅުކުރުމައްފަހު މަސައްކަތް ފަށައިފިނަމަ މިކަން ހަމައަކަށް އެޅިދާނެއެވެ.
ހައްލު
އިހަފަރު ފަޅު ކުރިޔައް ގެންދިޔުމަށްޓަކައި އެރަށުގެ ރައްޔިތުންގެ އެއްބާރުލުމާ ހިޔާލުތައް ދީ ދެފަރާތުން ގުޅިގެން މަސައްކަތް ކޮއްފިނަމަ މިކަމައް ހައްލު  އަތުވެދާނެ ކަމައް ފެނެއެވެ.އަދި ރަށުގެ ހުރިހާ ޖަމިއްޔާއެއްގެ ހިޔާލުތައް ހުށަހަޅައި، އުވަދޯނި ކޮންސްޓްރަކްޝްންގެ ފަރާތުން  ވަކިން ހާއްސަކޮށް ރައްޔިތުންނާއި ބައްދަލުކޮށް އެބައިމީހުންގެ ހިޔާލު ހޯދުމަކީ މުހިއްމު ކަމެކެވެ. އަދި މީގެ އިތުރުން ސިޔާސީ ގޮތް ދޫކޮށްލާ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ރަށަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. ހަމައެހެންމެ އިހަފަރު ކައުންސިލް އިދަރާގެ ފަރާތުން ވަކިވަކި ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންގެ ޙިޔާލު ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. 

0 comments:

Post a Comment